"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުތަކަކީ ޖޯގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތް ކަމަށާއި އެއަށް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް އުވާލަނީ އަތޮޅު ކައުންސިލްތައް ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލި ނަމަވެސް އަތޮޅު ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރައලެ ނާރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލްތަކާއި އަތޮޅު މަދަރުސާތައް އަދި އަތޮޅު ވެރިކަން ކުރާ ރަށްތައްވެސް މިހާރު އޮތް ގޮތަށް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ. އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ސީދާ ސަރުކާރާ މުއާމަލާތް ކުރެވޭނެ އާ ނިޒާމެއް ގާއިމްކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.