ads
ރައީސް މުއިއްޒު
ހިތަށް އަންނަހާ އެއްޗެއް ނުލިޔެވޭނެ: ރައީސް މުއިއްޒު
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، މީޑިއާ ކޮންޓްރޯލް ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދިފާއު ކުރައްވައިފިއެވެ.
Advertisement

އެމަނިކުފާނު ވިދާޅުވީ، ހަގީގަތް ބެލުމެއްނެތި ހިތަށް އަންނަ ކޮންމެ އެއްޗެއް ލިޔުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، "އެއްވެސް ބެލުމެއްނެތި އަނެކާއަށް ގެއްލުންވާ ގޮތަށް ލިޔުންތައް ޝާއިއުކުރުމަކީ އިންސާނަކު ވެސް ކޮށްގެން ވާނެ ކަމެއް ނޫން،" ކަމަށެވެ. އެމަނިކުފާނު ވަނީ މި ބިލަކީ "ހިތަށް އަންނަހާ އެއްޗެއް" ލިޔުން މަނާކުރާނެ ބިލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މި ބިލު ފާސްކުރުމުން، ރައީސްގެ ބާރުގެ ދަށުގައި އޮންނަ ކޮމިޝަނަކަށް ނޫސްވެރިކަމާއި އިންޓަނެޓުގައި ފާޅުކުރާ ހިޔާލުތައް ރެގިއުލޭޓްކުރުމުގެ ބާރު ލިބިގެންދާނެ އެވެ.

މި ބިލު މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ފާސްކޮށްފައިވާއިރު، ބިލާއި ދެކޮޅަށް ނޫސްވެރިންގެ ޖަމިއްޔާތަކުން އަންނަނީ އަޑުއުފުލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް