އެ ޖަމިއްޔާއިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ މި ބިލު ތަސްދީގުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ގޮވާލާފައެވެ.
ޓްރާންސްޕޭރެންސީން މިކަން ހާމަކުރީ ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކަށް އަޅާނުލާ، މަޖިލީހުން މި ބިލު ފާސްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މި ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ނޫސްވެރިން ހައްޔަރުކުރިކަން އެ ޖަމިއްޔާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ހައްޔަރުކުރި ހުރިހާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށާއި، ފުލުހުން ބާރުގެ ބޭނުންކުރި މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރުމަށް ވެސް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ބިލު ފާސްކުރުމުގައި ހިނގާފައިވާ އިޖުރާއީ އޮޅުންތައް ތަހުގީގުކުރުމަށް ވެސް މަޖިލީހަށް ވަނީ ގޮވާލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;