ads
އޮޅުވާލި އުމްރާ ގްރޫޕުގެ ވެރިޔާ
އޮޅުވާލި އުމްރާ ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ޖަލަށް
އޮޅުވާލި އުމްރާ ގްރޫޕުގެ ވެރިޔާ އަލީ ފާރިޝް ޖަލަށްލައިފިއެވެ.
Advertisement

އޮޅުވާލި އުމްރާ ގްރޫޕަކީ، މަޝްއަރު ގްރޫޕެއެވެ. އެ ގްރޫޕުގެ ވެރިޔާ، އަލީ ފާރިޝްގެ މައްޗަށް ދައުލަތުން އުފުލީ، މަކަރާއި ހީލަތް ހެދުމުގެ ދައުވާއެވެ.

މިއީ މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް މީހުންގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ޗެކް ބައުންސްވެ ފައިސާ ނުދެއްކި ޓިކެޓްތައް ކެންސަލްވި މައްސަލައެވެ.

ދައުލަތުން އަލީ ފާރިޝްގެ މައްޗަށް ދައުވާކުރީ ރާއްޖެއިން އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ޓިކެޓު ބުކިން ހެދުމަށް ފަހު، ފައިސާ ނުދެއްކި މައްސަލައިގަ އެވެ. އެ ޓިކެޓްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނީގެ އެކައުންޓުން ދޫކުރި ދެ ޗެކެއް ބައުންސްވީއެވެ. އެއީ 390،126ރ. ޗެކަކާއި 156،050ރ. ގެ ޗެކެކެވެ.  މި ދެ ޗެކް ބައުންސްވީ އެކައުންޓްގައި ފައިސާ ނެތުމުންނެވެ.  

މި މައްސަލައިގައި ކުށް ސާބިތުވެ، ފާރިޝްގެ މައްޗަށް ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުއިރިއިރު، އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ 406،321ރ. އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށާއި އެ ފައިސާ ދެ އަހަރުގެ ތެރޭގައި ދެއްކުމަށް އެ ހުކުމްގައި އަމުރުކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް