މިއީ މީޑިއާ ބިލާ ދެކޮޅަށް އެމްޑީޕީން އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ހިނގި ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލު އައިކު އަހުމަދު އީސާ ވިދާޅުވީ، އިހުތިޖާޖުގެ ތެރެއިން ފުލުހުން އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.
އައިކު އިތުރަށް ވިދާޅުވީ، މުހައްމަދު ޝާހުގެ މައްސަލަ ހުށަހެޅި ނަމަވެސް، އިހުތިޖާޖުގައި އަނިޔާވި އެހެން މެންބަރުންނާއި މީޑިއާގެ ބޭފުޅުންގެ މައްސަލަތައް ވެސް ކުރިއަށް އޮތްތަނުގައި އެންއައިސީއަށް ހުށަހަޅާނެ ކަމަށެވެ. އެމްޑީޕީން ވަނީ މީޑިއާ ބިލު ފާސްކުރުމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އިއްޔެ މާލޭގައި އިހުތިޖާޖުކޮށްފައެވެ.