މި ގޮތުން، މަޝްހޫރު ޓީވީ ސިލްސިލާ "އަނޫޕަމާ" އިން މަގުބޫލުކަން ހޯދާފައިވާ އެކްޓްރެސް ރުޕާލީ ގެންގަލީ ފޮނުވާފައިވާ ހާއްސަ މެސެޖު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވެއެވެ.
އޭނާގެ ދިގު މެސެޖުގައި، އިންޑިއާގެ ރައްޔިތުންގެ އުންމީދުތައް ގެއްލެން ފެށި ދަނޑިވަޅެއްގައި އެ ގައުމުގެ ހަގީގީ ބާރު މޯދީ ހަނދާންކޮށްދެއްވި ކަމަށް ރުޕާލީ ވަނީ ބުނެފައެވެ. އަދި މޯދީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމަށް އާ ހިތްވަރަކާއި ހަކަތައެއް ގެނެސްދެއްވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ. ސިޔާސީ ދާއިރާއަށްވެސް ވަދެފައިވާ ރުޕާލީ ވަނީ މޯދީއަށް ޝުކުރު އަދާކޮށް، ހަމަ އެ ހިތްވަރާއި ރޫހާއެކު އިންޑިއާއަށް މަގުދައްކަވަމުން ގެންދެވުމަށް އެދިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;