
ފާހަގަކޮށްފައިވަނީ އޭނާގެ 27 ވަނަ އުފަންދުވަހެވެ.
އާޝާ ވަނީ އޭނާގެ އުފަންދުވަހުގެ ހަފްލާގެ ތެރެއިން ކޭކު ފަޅާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގާފައި ހުރި ނަމަވެސް، އޭނާގެ އުފަންދުވަސް ރަހުމަތްތެރިންނާ އެކު ފާހަގަކޮށްފައިވާކަން ފޮޓޯތަކުން އެނގެއެވެ. އޭނާގެ ރަހުމަތްތެރިން ވަނީ އެނާއަށް އުފަންދުވަހުގެ ހަދިޔާތައްވެސް ދީފައެވެ
އާޝާގެ އުފަންދުވަހުގެ ހަފްލާ އަށް ޚާއްސަ ކޮށްފައިވާ ތީމަކީ "ގޯލްޑް އެންޑް ވައިޓް" އެވެ. އެގޮތުން، ރަން ކުލައާއި ހުދު ކުލައިގެ ބެލޫންތަކުން ވަނީ ހަފްލާ ބާއްވާ ތަން ވަރަށްޒީނަތްތެރިކޮށްފައެވެ. އާޝާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކަށް އޭނާގެ ސަޕޯޓަރުން އަންނަނީ ތައުރީފުކޮށް، އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.
އާޝާ އުފަންދުވަސް ފާހަގަކުރުން
އާޝާ އެކްޓިން އިން ބްރޭކެއް ނަގާފައިވަނީ ދާދި ފަހުން އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު ބުރުގާ އަޅަން ނިންމުމާ ގުޅިގެންނެވެ. އޭނާ ފިލްމު ކުޅުމާ ދުރުވި ނަމަވެސް، ދާދިފަހުން ބޭއްވި "ކަމަނާ" ފިލްމުގެ ޕްރިމިއާ ހަފްލާއިން އާޝާ ވަނީ ފެނިފައެވެ. އެކަމުންވެސް ދޭހަވަނީ ފިލްމީ ދާއިރާއާ އޭނާ މުޅިން ގުޅުން ކަނޑާނުލާކަމެވެ.