ads
މީޑިއާ ބިލް ފާސްކުރި ދުވަހު އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހްތިޖާޖު ކުރަނީ
މީޑިއާ ބިލްގެ ހިފައިގެން އެމްޑީޕީން ސްުޕްރީމް ކޯޓަށް ދަނީ
މީޑިއާ ކޮންޓްރޯލްކުރުމަށް ފާސްކުރި ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފު ބިލެއްކަމަށާއި އެ ބިލު ބާތިލުކުރަން ސުޕްރީމްކޯޓަށް މައްސަލައެއް ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ
Advertisement

ނޫސްވެރިންގެ ކަންބޮވުން ފާޅުކޮށް އެ ބިލާއި ދެކޮޅަށް އިހްތިޖާޖުކުރަމުން ގެންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ އަންގާރަދުވަހު ކުއްލި ޖަލްސާއެއް ބާއްވާ އެ ބިލްވަނީ ފާސްކޮށްފައެވެ. ބިލް ފާސްކުރީ ސަރުކާރުގެ 60 މެމްބަރުންގެ ވޯޓާއި އެކުއެވެ. އިދިކޮޅަށް ވޯޓް ދިނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކުރުމަށް ފަހުއެވެ.  

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވީ ސަރުކާރުގެ ބޭނުމަށް ފާސްކުރި މީޑިއާ ކޮންޓްރޯލް މުޅި ބިލަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ބިލެއް ކަމަށް އެ ޕާޓީން ގަބޫލުކުރާކަމަށެވެ. އަދި ބިލު ދިރާސާކުރުމުގެ މަރުހަލާވެސް ގެންދިޔައީ ގާނޫނާއި ރައްްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށްވެސް ސަމީރު ވިދާޅުވިއެވެ. 

ކޮމިޓީން ގަވައިދާ ހިލާފަށް ކުރި ކަންކަމުގެ ގޮތުގައި ސަމީރު ފާހަގަކުރެއްވީ ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ލަފާ ކޮމިޓީގައި ނީއްވައި ކޮމިޓީން ބިލު ފާސްކުރުމެވެ. އަދި ބިލް ފާސްކުރަން ބޭއްވި ޖަލްސާއަށް ވަަރަށް ކުރު ނޯޓިސްއެއް ދިނުމަށް ފަހު ޖަލްސާ ފެށި އިރު މެންބަރުންނަށް ކޮމިޓީ ރިޕޯޓް ނުދެއްކުންވެސް ގަވައިދާ ހިލާފުކަން ސަމީރު ފާހަގަކުރެއްވިއެވެ. 

މީޑިއާ ކޮންޓްރޯލްކުރުމަށް ފާސްކުރި ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފު ބިލެއްކަމަށާއި އެހެންކަމުން އެ ނިންމުމާއި ދެކޮޅަށް ދުސްތޫރީ މައްސަލައެއް ސުޕްރީމްކޯޓަށް ހުށައަޅާނެކަމަށް  ސަމީރު ވިދާޅުވިއެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާނީ މުޅި ބިލު ބާތިލުކުރަންތޯ ނުވަތަ ވަކިވަކި މާއްދާތައް ބާތިލުކުރަންތޯ ކަނޑައެޅުމަށް ޕާޓީގެ ގާނޫނީ ޓީމުން ދިރާސާކުރަމުން އަންނަ ކަމަށް ސަމީރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް