
އުތުރުގެ ރަށަކަށް ނިސްބަތްވާ މި ފިރިހެން މީހާ ދިޔައީ، އަންހެނަކަށް އޮޅުވާލައިގެން އިންނާނެ ކަމަށް ބުނެ އެކިކަންކަމުގައި އެ އަންހެން މީހާ އަތުންނާއި، އެ މީހާ މެދުވެރިވެގެން އެހެން މީހުން އަތުންވެސް ލާރި ހޯދަމުންނެވެ.
މި ފިރިހެން މީހާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާއަކާއި ޓެކުމުގެ ދައުވާއެއް ދައުލަތުން ކުރިއެވެ. އޭގެތެރެއިން ޓެކުމުގެ ކުށުގެ ދައުވާ މި ފިރިހެން މީހާގެ މައްޗަށް ސާބިތުވެ، މިދިޔަ ހަފްތާގައިވަނީ ހުކުމް އިއްވާފައެވެ.
ޓެކުމުގެ ކުށް ސާބިތުވެ، ގާތްގަނޑަކަށް 10 މަސް ދުވަހުގެ ޖަލު ހުކުމެއް ކޯޓުންވަނީ ލުއިކޮށްދީ، ފަސް މަހަށް އޭނާ ގޭ ބަންދުކޮށް، އަދި 27،600 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މިއީ، ބޮޑު ތިލަދުންމަތީގައި ހިނގި ހާދިސާއެކެވެ. އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔައީވެސް އަދި އިންނާނެ ކަމަށް ބުނި އަންހެން މީހާއަކީވެސް ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ އަންހެނެކެވެ.