
މި ހަރަކާތް މާލޭގައި ފައްޓަވައި ދެއްވީ މާލެ ޕޮލިސް ކޮމާންޑުގެ ހެޑް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއެވެ.
މިކަން ފެށުމަށް ބޭއްވި ރަސްމީޔާތުގައި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެފައިވާކަމަށް ފުލުހުން ބުނެ އެވެ.
ހޭލުންތެރިކުރުމަށް މާލެ ސަރަހައްދުގައި ހަރަކާތުގެ ތެރެއިން
މި ހަރަކާތް ހުޅުމާލޭގައި ފައްޓަވައިދެއްވީ ހުޅުމާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދުކަމަށް އެ އިދާރާއިން ބުނެ އެވެ.
ފުލުހުންނާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ތެރެއިން މަގު ހުރަސްކުރާއިރު ފުރަތަމަ މަގުގެ ކަނާތްފަރާތް ބަލައި ރައްކާތެރިކަން ކަށަވަރުކޮށް މަގު ހުރަސްކުރުމަށް އާއްމުންނަށް ހަނދާން ކޮށްދިނުމަށްޓަކައި މާލެގެ ވަށައިގެންވާ ރިންގް ރޯޑާ، މާލޭގެ ބައެއް ބޮޑެތި މަގުތަކުގެ އިތުރުން ހުޅުމާލޭގައި އެކި މަގުތަކުގައި ކުރަހާފައިވާ ކަފިހި ހުރަސްތަކުގައި ފުރަތަމަ ކަނާތް ފަރާތް ބެލުމަށް (LOOK RIGHT →) މިގޮތަށް ކުރަހަމުން ގެންދާނެބއެވެ.