
އުރީދޫ އިން ނެރުން ނޫސް ބަޔާނެއްގައިވާގޮތުން އުރީދޫ ކްލަބް ޕްރިމިއާގެ އާ ޕާޓްނަރެއްގެ ގޮތުގައި ބާސެލޯ ނަސަންދުރަ އަށް މަރުޙަބާ ކިޔާކަމަށާއި މި ޕާޓްނާޝިޕާއެކު އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް މާލޭގެ އެންމެ މަޝްހޫރު އެއް ހޮޓެލްއިން ކެއުންތަކާއި އިވެންޓްތައް ބޭއްވުމުގައި ވަރަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ޕާޓްނަރޝިޕްގެ ތެރެއިން، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއްގެ ދަށުން، އަމިއްލަ އިވެންޓްތަކަށް ބާސެލޯސް ބުކްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެކަމަށާއި ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ބާސެލޯސްގެ އެންމެ މަގްބޫލު އައުޓްލެޓްތަކުން %10 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ފާހަގަ ކުރަމުން އުރީދޫ އިން ބުނީ މި ޑިސްކައުންޓް ލިބޭ ތަންތަނުގެ ތެރޭގައި އަލިމަސް ކެފޭ އެންޑް ލައުންޖް، ބީ-ހެވަން، އަދި އޮއިވަރު ރެސްޓޯރަންޓް ހިމެނޭ ކަމަށެވެ.
މި އެއްބަސް ވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ބާސެލޯ ނަސަންދުރަ މާލޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ވިދާޅުވީ އުރީދޫ މޯލްޑިވްސް ކްލަބް ޕްރިމިއަރ ޕްރޮގްރާމްގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށާއި ބާސެލޯ ނަސަންދުރަ މާލެއިން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
މި ޕާޓްނާޝިޕަކީ އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަޖުރިބާތަކާއި ޕްރިމިއަމް މަންފާތައް ރާއްޖޭގައި ފޯރުކޮށްދީ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެެއް ގެނެސްދިނުމަށް އަބަދުވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.
އުރީދޫ ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުފައްދާފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ޚާއްޞަ އިނާޔަތްތަކާއި، ޑިސްކައުންޓްތަކާއި، ތަޖުރިބާތައް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ