ސުޕްރީމް ކޯޓުގެ 17 ވަނަ އަހަރީ ދުވަހާއި ދިމާކޮށް އެ ކޯޓުން މިއަދުވަނީ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް ތައާރަފުކޮށްފައެވެ. މީގެ ކުރިން އެ ކޯޓުން ބޭނުން ކުރަމުން އައީ ހަމަ އެކަނި އެކްސްއެވެ.
ސުޕްރީމް ކޯޓުން މިއަދު ސޯޝަލް މީޑިއާގެ އިތުރު ދެ މަންސައަކަށް ނުކުތްއިރު، ޖުޑިޝަރީގެ ގިނަ ކޯޓުތަކެއް މިހާރުވެސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުން އާދެއެވެ. މިގޮތުން، ކޯޓުތަކުގެ ރަސްމީ އެކިއެކި ހަރަކާތްތަކުގެ އިތުރުން މުވައްޒަފުންނާއި ފަނޑިޔާރުންގެ އިޖުތިމާއީ ކަންކަންވެސް ސޯޝަލް މީޑިއާގެ މަންސަތަކުން އަންނަނީ އާއްމު ކުރަމުންނެވެ.
ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެންބަރު 2008 ވަނަ ދުވަހުއެވެ.