އެތަނުގައި ރޯވެ ފައި ހުރި ތަން ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެތަނުގައި ވަނީ ވަރަށް ބޮޑަށް ހުޅު ހިފާފައެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ނަސެންދުރާ ބާސެލޯ އިރުމަތިން ހުރި ކުނިތަކެއްގައިކަމަށެވެ. އަދި އަލިފާން މިހާރު ނިންވާލާފައިވާކަމަށް އެމްއެންޑިއެފުން ބުނެ އެވެ.
އެ އަލިފާނުގައި ހޮޓަލްގެ އިމާރާތަށް ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.