ads
ފްލެޓް ދިނުން ލަސްވެގެން ތުޅާދޫ ރައްޔިތުން ކައުންސިލަށް ވަދެ މުޒާހަރާކުރަނީ
ފްލެޓް ލަސްވެގެން ތުޅާދޫ މީހުން މޫޒާހަރާކުރުމުން ލިސްޓް ނެރެފި
ނިމިފައިހުރި ފްލެޓްތައް ދޫނުކޮށްގެން ތުޅާދޫ ކައުންސިލް އިދާރާ ތެރެއަށް ރައްޔިތުން ވަދެ މުޒާހަރާކުރުމުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފިއެވެ.
Advertisement

 ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް ތުޅާދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެރަށުގައި މިހާރު ޢިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވާކަމަށެވެ. 

ތުޅާދޫ ފްލެޓް ދޫކުރަނީ ދެ ކެޓެގަރީއަކަށެވެ. އެއީ

  • ކެޓަގަރީ-އޭ (ބ. ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ )  
  • ކެޓަގަރީ–ބީ (ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ)

މީގެތެރެއިން ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 92 ހައުސިންގ ޔުނިޓްއެވެ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިން ޔުނިޓްއެވެ. 

ތުުޅާދޫ ކައުންސިލުން ބުނީ ފްލެޓްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ދާއިމީ ލިސްޓް، ކައުންސިލް އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަށް ހުންނާނެކަމަށެވެ. އަދި ކައުންސިލް އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެކަމަށްވެސް ެއެ ކައުންސިލުން ބުނެއެވެ. 

ފްލެޓް ލިބުން ލަސްވެގެން ރައްޔިތުން ނުކުމެ މިއަދަު ވަނީ ތުޅާދޫ ކައުންސިލްގެ މަސައްކަތް ހުއްޓުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް