ads
ސަންޗޭޒް އަދި ބެކަމް
ބެކަމްގެ ލިސްޓުގައި ސަންޗޭޒްވެސް
އިނގިރޭސި ތަރި، ޑޭވިޑް ބެކަމްގެ ކްލަބަށް ގެންނަށް އޭނާ މަސައްކަތް ކުރާ ކުޅުންތެރިންގެ ލިސްޓަށް އެލެކްސިސް ސަންޗޭޒްވެސް އަރައިފިއެވެ. ބެކަމްގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑުގެ ކޮންޓްރެކްޓްގައި ހުރެ، ލޯނެއްގެ ދަށުން އިޓަލީގެ އިންޓަމިލާނަށް ކުޅޭ އެލެކްސިސް ސަންޗޭޒް ހޯދުމަށް ބެކަމްގެ އިންޓަމިއާމީންވަނީ މަސައްކަތް ފަށާފައެވެ.

އެމެރިކާ ލީގުގެ އިންޓަމިއާމީގެ ވެރިޔާ ބެކަމް، އޭނާގެ ޓީމަށް ގެންނަން ބޭނުންވާ އުމުރުން އެއް ތިރީސް އަހަރުގެ ސަންޗޭޒްގެ ލޯން އެގްރީމެންޓް ހަމަވާން އަދި އެއް އަހަރު އެބައޮތެވެ. 

ލޯނު އެގްރީމެންޓް ހަމަވުމުން އިންޓަރމިލާނުން އޭނާގެ މުއްދަތު އިތުރުކުރާނޭ ކަމަށް ނުބެލެވޭއިރު، އަނެއް ކޮޅުން ޔުނައިޓެޑުންވެސް އޭނާ ބޭނުންވާނެ ކަމަކަށް ނުބެލެވެއެވެ. ކަން މިހެން އޮތުމަކީ އިންޓަމިއާމީއަށް ސަންޗޭޒް ގެންދަން ބެކަމްއަށް ފަސޭހަ ވެގެންދާނެ ކަމެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޗިލީއަށް ނިސްބަތްވާ، ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް އައީ އާސެނަލުންނެވެ. ޔުނައިޓެޑްގައި އޭނާވަނީ ތިރީހަށްވުރެ ގިނަ މެޗު ކުޅެފައެވެ.

ސަންޗޭޒް ގެންނަން ބެކަމް ޝައުގުވެރިކަން ފާޅުކުރިއިރު، މީގެ ދުވަސްކޮޅެއް ކުރިން ބެކަމްވަނީ ރެއާލް މެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒް ހޯދަންވެސް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް