
އުރީދޫން ބުނީ މޫލީ މެދުވެރިކޮށް މިއަދު މެންދުރު 14:00 އިން ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލައިފަވާ ކަމަށެވެ. އަދި އައިފޯންތައް ކަސްޓަމަރުންނަށް ލިބެން ފަށާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކަމަށް އުރީދޫން ބުންޏެވެ.
މި ސީރީޒްގެ ފޯނުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ގިނަ ފީޗާތައް ވެސް ހިމަނާފައިވާ އިރު، އެޕަލް އިން ބުނި ގޮތުގައި މި މޮޑެލް އަކީ އައިފޯނުުގެ އަހުލުވެރިން ވަރަށް ގަޔާވާނެ ގިނަ ކަންކަން ހިމެނޭ ޑިވައިސްއަކަށެވެ.
އައިފޯން 17 ސީރީޒްގެ އަގުތަކަށް ބަލާ އިރު އައިފޯން 17 ގެ އަގު ފެށެނީ 799 ޑޮލަރުންނެވެ. އައިފޯން އެއާގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އަދި އައިފޯން 17 ޕްރޯގެ އަގު 1099 ޑޮލަރުން ފެށޭ އިރު، ޕްރޯ މެކްސްގެ ފެށޭ އަގަކީ 1199 ޑޮލަރެވެ.
އަައިފޯން 17 ގެ ފޯނުތައް ފަސް ކުލައަކުން ލިބޭނެ އެވެ. އެއީ ލެވެންޑާ އާއި މިސްޓް ބްލޫ އާއި ކަޅާއި ހުދު އަދި ސޭޖް އެވެ.
އުރީދޫ އަކީ އަލަށް ނެރޭ އެކި ބްރޭންޑުތަކުގެ ފޯނުތައް ދިވެހިންނާ ހަމައަށް ގެނެސްދޭ ކުންފުންޏެކެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހިންނާ ހަމައަށް ގެނެސް ދިނުމަށެވެ.