ads
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކް ލޯ ރައީސް މުއިއްޒުއާއެކު - ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިކަމުގެ މިނިވަންކަން ނަގަހައްޓަން އިނގިރޭސިވިލާތުން ގޮވާލައިފި
މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވާފައިވަނިކޮށް، މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް އިނގިރޭސިވިލާތުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
Advertisement

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެސީއެއްގައި މިނިވަން އަދި ޒިންމާދާރު މީޑިއާއެއްގެ މުހިއްމުކަން ފާހަގަކޮށް، އެ ކަންކަމަށް އަހުދުވި ކަމަށެވެ.

އެގޮތުން އެ ދުވަހު އެއްބަސްވީ ކަންކަމަށް އިހުތިރާމްކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ޔޫކޭއިން ވަނީ ގޮވާލާފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަމޯއާގައި ބޭއްވި ބައްދަލުވުމަކީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމަށެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓުމަށް މެންބަރު ގައުމުތަކުން އެއްބަސްވެ އަހުދުވި އެވެ. ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ.

ރައީސް މުއިއްޒު އެ ބިލު އިއްޔެ ތަސްދީގުކުރައްވާފައިވަނީ އެ ބިލު ތަސްދީގުނުކުރަން ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ. އެގޮތުން ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް ދިވެހިރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ވަނީ ގޮވާލާފަ އެވެ. 

އެ ގާނޫނުގެ ދަށުން މީޑިއާ ރެގިއުލޭޓް ކުރާނީ ރައީސް މުއިއްޒު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން އައްޔަންކުރާ ތިން މެންބަރުން ހިމެނޭހެން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އޮވެ އެވެ. އަދި ބޮޑެތި އަދަދުތަކުން ނޫސްތަކާއި ޓީވީ ޗެނަލްތައް ޖޫރިމަނާ ވެސް ކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް