
ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޚުގެ ތެރެއިން ފުލިދޫއަށް މިއަދު ވަޑައިގަތުމުން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ އެރަށުން ގޯތި ދޫނުކުރާތާ މިހާރު 15 އަހަރު ވެފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާނަމަ ބަނދަރުގެ މަސައްކަތް ކުރާއިރު އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ނަމަ ރައްޔިތުން ކައުންސިލް މެދުވެރިކޮށް ލިޔުމެއް ހުށައެޅުމަށް ރައީސް އެދިވަޑައިގަތެވެ.
ބ. ދޮންފަނު ބިން ހިއްކަން ރައްޔިތުން ބޭނުންވާތީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރިފަހުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުން އެކަން ހުއްޓާލަން ޖެހުނުކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ރައްޔިތުން ބިން ހިއްކަން ބޭނުން ނުވާނަމަ އެރަށު ބިން ނުހިއްކާނެ ކަމަށެވެ.