ads
ވ. ފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން
ފުލިދޫ އާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި
ވ. ފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

މި މަސައްކަތް ފަށާފައިވަނީ ރައީސް މުއިއްޒު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ފުލިދޫއަށް މިއަދު ވަޑައިގަތުމުން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

ފުލިދޫ އާ ސިއްހީ މަރުކަޒު އިމާރާތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކެޓަރު ރިޓަޔާޑް ޑިސީޕީ އަހްމދު ސައުދީއާ ވ. ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒުއެވެ. 

ފުލިދޫ އާ ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ. މި އާ ސިއްހީ މަރުކަޒު ހަދަނީ 15،650 އަކަ ފޫޓްގެ ސަރަހަދެއްގައެވެ. މީ 30 އެނދުގެ ސިއްހީ މަރުކަޒެކެވެ. 360 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 މިލިއަން ރުފިޔާއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް