ފުލުހުން ބުނި ގޮތުގައި އެރަށުން ފުރާފައި ވަނީ އުމުރުން 23 އަހަރާއި އުމުރުން 30 އަހަރު، އުމުރުން 36 އަދި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނުން ނެވެ.
މި މީހުން މިލަދޫ އިން ފުރާފައި ވަނީ މިލަދޫ މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވަނިކޮށް މިލަދޫ ޓާސްކްފޯސް އަދި މިލަދޫ ޑެސްކް ފުލުހުންގެ ހުއްދަ ނު ހޯދަ އެވެ.
މިއަދުގެ 15:58 ހާއިރު މި މީހުން ފުލުހުން ހައްޔަރުކުރީ އަނބުރާ މިލަދޫ އަށް އައުމުން އެރަށު ފަޅުތެރެއިން ނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮވިޑް ފެރުރުން އިންތިހާއަށް އިތުރުވެފައިވާތީ ރަށްރަށުން އަންނަނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ލަފާފުރުން ވެސް ވަނީ މަނާކޮށްފައެވެ. ޒަރޫރީ ކަމެއްގައި ފުރައިގެން ދެވެނީ ވެސް ކަމާބެހޭ އިދާރާތަކުން ހުއްދަ ހޯދައިގެންނެވެ.