ads
ސުޕްރީމް ކޯޓުގެ މާލަމެއް
އުއްތަމަ ފަނޑިޔާރުންގެ ނަންުނަމުން ނަން ދީފި
ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަން ނަމުން، ސްޕްރީމް ކޯޓުގެ އެކި މާލަންތަކަށް ނަން ކިޔައިފިއެވެ.
Advertisement

ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަން ނަމުން، ސްޕްރީމް ކޯޓުގެ އެކި މާލަންތަކަށް ނަން ކިއީ، ސުޕްރީމް ކޯޓުގެ 17 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.  ފެހި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ސުޕްރީމް ކޯޓެއް އުފެދުނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓަށް 17 އަހަރުވުމާ ގުޅިގެން އެ ކޯޓުގެ މާލަންތަކަށް ނަން ދީފައިވާއިރު، ޝަރީއަތުގެ މާލަމަށް ދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ފަލީލަތުއްޝައިހް ހުސެއިން ސަލާހުއްދީންގެ ނަންފުޅާ ގުޅުވައިގެން ހުސައިން ސަލާހުއްދީން މާލަންގެ ނަމެވެ. ފަނޑިޔާރުން ހުކުމްތަކާ މެދު މަޝްވަރާ ކުރައްވާ ޑެލިބަރޭޝަން ރޫމަށް ނަން ދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ޖަމީލު ދީދީގެ ނަންފުޅާ ގުޅުވައިގެން މުހައްމަދު ޖަމީލް ދީދީގެ މާލަންގެ ނަމެވެ. 

ސުޕްރީމް ކޯޓުގައި ފަނޑިޔާރުންގެ މަޖިލިސް ކުރާ މާލަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީ މާލަމްގެ ނަން ދީފައިވާއިރު، މެއިން ހޯލަށް ދީފައިވަނީ އަބްދުﷲ ޖަލާލުއްދީން ދަރުބާރުގެ ނަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް