ads
ވ. އަތޮޅު، އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ވ. އަތޮޅުގައި އަޅާ 37 އެނދުގެ ހޮސްޕިޓަލް ބިންގާ އަޅައިފި
ވ. އަތޮޅު، އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
Advertisement

ވ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅީ ރައީސް މުއިއްޒު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދޫއަށް ވަޑައިގަތުމުން އެރަށުގއި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ހެލްތު މިނިސްޓަރު  ޢަބްދުﷲ ނާޒިމް އިބްރާހީމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކެޓަރު ރިޓަޔާޑް ޑިސީޕީ އަހްމަދު ސައުދީއާ، ފެލިދޫ ކައުންސިލްގެ ރައީސް ހުސެއިން ވިޝާމްއެވެ.  

your imageވ. އަތޮޅު، އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

37 އެނދުގެ ވ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މިމަޝްރޫއުގެ ދަށުން 7147 އަކަފޫޓުގެ އެކޮމޮޑޭޝަން ބޮލްކަކާއި 2563 އަކަފޫޓުގެ ސާވިސް ސެންޓަރަކާއ،ި 76,175 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކެއް ހަދާނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަގަކީ 105.36 މިލިޔަން ރުފިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް