ads
ރަކީދޫ ޕޮލިސް ޑެސްކު ހުޅުވުމުގެ ތެރެއިން
ރަކީދޫ ޕޮލިސް ޑެސްކު ހުޅުވައިފި
ވ.ރަކީދޫ ޕޮލިސް ޑެސްކު މިއަދު ހުޅުވައިފި އެވެ.
Advertisement

ޕޮލިހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު މިޑެސްކު ހުޅުވައިދެއްވީ ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީން އާއި ރަކީދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަސީދު ކަމުގަ އެވެ.

އެ ޕޯސްޓުގައި އިތުރަށް ވާގޮތުގައި މި ރަސްމީޔާތުގައި ޕޮލިހުގެ އިސްވެރިން އަދި ދައުލަތު ކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ކަމަށެވެ.

ޕޮލިހުން އިތުރަށް ބުނި ގޮތުގައި މި ހުޅުވުނު އާ ޑެސްކުގެ ސަބަބުން ރައްކާތެރި އަމާން މުޖުތަމައުއެއް ބިނާ ކުރުމުގައި އަދި ރައްޔިތުންނާއި ޕޮލިހުންނާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވ. ފެލިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު  ވަނީ ފަށާފައި އެވެ.

ވ. ފެލިދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސް މުއިއްޒު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދޫއަށް ވަޑައިގަތުމުން އެރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

ފެލިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވާ ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކެޓަރު ރިޓަޔާޑް ޑިސީޕީ އަހްމަދު ސައުދީއާ، ފެލިދޫ ކައުންސިލްގެ ރައީސް ހުސެއިން ވިޝާމްއެވެ. 

ފެލިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒޔގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އާ އެވެ. 

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮރުމަކީ ސަރުކާރުގެ އަމާޒެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް