ޕީއޭއެމް ފެތުރޭތީ އިންޑިއާ ސަރުކާރުން ވަނީ އެލާޓް ނެރެފައެވެ. އިންޑިއާ ނޫސްތަކުން ބުނާ ގޮތުން އަހަރު އެކަނިވެސް ކެރަލާ ސިޓީން މި ބަލި ޖެހިގެން 69 މީހަކު ރިޕޯޓުކުރިއިރު، 19 މީހަކު ވަނީ މަރުވެފައެވެ.
އެޗްޕީއޭއިން ބުނީ ކެރަލާއަކީ އާއްމުކޮށް ދިވެހިން ގޮސް އުޅޭ ސިޓީއަކަށް ވުމުން ބަލީގެ ހާލަތު ކައިރިން ބަލަމުން އަންނަކަމަށެވެ. އަދި މި ބަލީގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ކެރަލާގައި އާންމުގޮތެއްގައި ދިވެހިން ދިރިއުޅޭ ހިސާބުގަނޑުން ނޫން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.