
މި ވޯކްޝޮޕަކީ ޒުވާން ހަތީބުންނަށް އިތުރު ތަމްރީނު ދިނުމާއި އިސްލާމީ ލީޑާޝިޕްގެ ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދީ ދާއިރާއާއި ގުޅޭ ދީނީ މުހިއްމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދެވޭ ދެ ދުވަހުގެ ވޯކްޝޮޕެއްކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި ތަފާތު މުހިއްމު މައުލޫއުތަކަށް ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަކަމަށް އެ އިދާރާއިން ހާމަ ކުރެ އެވެ.
އެގޮތުން މި ވޯކްޝޮޕުގައި އަލިއަޅުވާލެވޭ މައުލޫތަކުގެ ތެރޭގައި އިސްލާމީ އަގީދާ، އިސްލާމްދީނާއި މިސްކިތްދެކެ ލޯބިވުން، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން، ލީޑާޝިޕް އެންޑް މެނޭޖްމެންޓް އިން އިސްލާމް، ހައްދުފަހަނައެޅުން، އިސްލާމީ ތާރީހުން ހޮވާލެވިފައިވާ ބައެއް ލީޑަރުން، އިމޯޝަނަލް އިންޓެލިޖެންސް އިން ލީޑާޝިޕް، ރުޅި ކޮންޓްރޯލްކުރުމާއި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުމުގެ އިތުރުން ސްޓްރެޓެޖިކް މެނޭޖްމެންޓް ފޯ ދައުވާ އެންޑް ލީޑަޝިޕް ހިމެނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ
މި ވޯކްޝޮޕްގެ ދަންފަޅިތައް ނަންގަވައިދެއްވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދީނީ އިލްމުވެރިންނެވެ.
މި ވޯކްޝޮޕުގައި 50 ޒުވާން ހަތީބުން ބައިވެރިވެފައި ވެއެވެ.