ads
ބިލެއްދޫގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ތެރެއިން
ފ. ބިލެތްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅައިފި
ފ. ބިލެތްދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ.
Advertisement

ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނެވެ. 

މި ރަސްމީޔާތުގައި ރައީސް ޑރ.މުއިއްޒުގެ އިތުރުން އެހެންވެސް ސަރުކާރުގެ އިސްވެރިން އަދި ފުލުހުންގެ ހިދުމަތުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ވ. ފެލިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފައި އެވެ.

ފެލިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވާ ދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކެޓަރު ރިޓަޔާޑް ޑިސީޕީ އަހްމަދު ސައުދީއާ، ފެލިދޫ ކައުންސިލްގެ ރައީސް ހުސެއިން ވިޝާމްއެވެ. 

ފެލިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒޔގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އާ އެވެ. 

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮރުމަކީ ސަރުކާރުގެ އަމާޒެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް