
މި އެއްބަސްވުން ތަކުގައި ސޮއި ކޮށްފައި ވަނީ ރައީސް މުއިއްޒު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެއްދޫއަށް ވަޑައިގަތުމުން އެރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިކަމާއި ގުޅިގެން އެމްޓީސީސީން ބުނީ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީ އަދި ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ކަމަށެވެ.
އެމްޓީސީސީއިން ފާހަގަ ކުރި ގޮތުގައި މި މަގު ތަރައްގީ ކޮށް ނިމޭ އިރު މި މަގުތައް ވެގެން ދާނީ ޒަމާނީ ފެންވަރުގެ އެންމެ ފެންވަރު ރަނގަޅު މަގުތަކަށް ކަމުގަ އެވެ. އެ ކުންފުނިން އިތުރަށް ބުނީ 720 ދުވަސް ތެރޭ ނިންމަން ހަވާލުކުރި މި މަޝްރޫއަށް 91.20 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ބިލެއްދޫ ވޮލީ ކޯޓު ތަރައްގީ ކުރުމަށް ވެވުން އެއްބަސްވުމުގެ ތެރެއިން
އެމްޓީސީސީން ދެން މިއަދު ސޮއިކޮށްފައިވަނީ އެ ރަށުގެ އައުޓްޑޯ ވޮލީ ކޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެވެ. މި އެއްބަސްވުމުގައި އެމްޓީސީސީން ސޮއިކޮށްފައި ވަނީ އެމްޓީސީސީގެ އެމްޑީ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީ އަދި ސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
އެމްޓީސީސީން ބުނީ މި އެއްބަސްވުމުގެ ދަށުން އެރަށުގައި އަޅާ ވޮލީ ކޯޓުގައި އެންމެ ޒަމާނީ އަދި ފެންވަރު ރަނގަޅު އިކުއިޕްމަންޓްސް ހުންނާނެ ކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ 120 ދުވަސްތެރޭ ނިންމަން ޖެހޭ މި މަޝްރޫއަށް 1.24 މިލިއަން ރުފިޔާ ހަރަދުވާނެ ކަމުގަ އެވެ.