ads
ލ.ގަން--ފޮޓޯ: އެޑިޝަން
ފެންފޯއް ކަނޑަނިކޮށް 60 ފޫޓްމަތިން ޒުވާނަކު ވެއްޓި ފަރުވާދެނީ
ލ. ގަމުގައި ފެންފޯއް ރުކަކަށް އަރައި ފެންފޯއް ކަނޑަން އުޅުނު މީހަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދޭން ފަށައިފިއެވެ.
Advertisement

މި ހާދިސާގައި އަނިޔާވެ ފަރުވާ ދެމުން އަންނަނީ އުމުރުން 28 އަހަރުގެ ޒުވާނަކަށްކަމަށް އެ ރަށުން ބުނެއެވެ. އެ ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ. 

މި ޒުވާނާ ވެއްޓުނީ ފެންފޯއް ކަނޑަން އުޅެނިކޮށް ރުއް ބިންދައިގެން ގޮސްކަމަށް އެރަށުން ވާހަކަ ދެއްކިކަމަށް ބުންޏެވެ. އަދި އެ ޒުވާނާ ވެއްޓުނީ  ގާފުންޏެއް މައްޗަށް އުއްޑުން ކަމަށްވެސް އެ މީހާ ބުނެއެވެ. 

އެ ޒުވާނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ހުކުރު ދުވަހުގެ ރޭ ދަންވަރު މާލެ ގެނެސްފައިވާކަމަށާއި އެ ޒުވާނާއަށް ފަރުވާ ދެމުން އަންނަނ އައިސީޔޫގައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުނެއެވެ. އެ ޒުވާނާގެ  މޭގެ އެއްފަރާތުގެ ކަށިތައް ވަރަށް ބޮޑަށް ބިންދައިގެން ގޮސްފައިވާ ކަމަށްވެސް އެމީހާ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް