ސްޓެލްކޯއިން ބުނީ ރޭ ދަންވަރު 3:30 ހާއިރު ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާގެ އިތުރުން އެމްޕީއެލްގެ ބަޔެއް ފްލެޓް ތަކުން ކަރަންޓު ކެނޑިފައިވަނީ ހުޅުމާލޭ ސަބްސްޓޭޝަނައް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައު ނެޓްވޯކް ފީޑަރު އޮފްވެގެން ކަމަށެވެ.
އެ ކުންފުނިން ބުނީ މިކަމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް އަލުން 4:56 ހާއިރު އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ މިފަދަ ކަންކަމުގެ ސަބަބުން މުޖުތައުގެ އެހެން ފަރުދުންނައް ތަކުލީފު ލިބުމުގެ އިތުރުން އަމިއްލަ ނަފްސުވެސް ނުރައްކަލަކަށް ލެވިގެންދާ ކަމަށެވެ.
މިފަދަ އަމަލުތައް ހުއްޓުވުމަށް އާންމުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ގޮވާލަ އެވެ.
ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ރައްޔިތުންނައް ދިމާވި އުނދަގޫތަކަށް އިންތިހާ އަށް މާފަށް އެދިފައި އެވެ