ads
ރާއްޖޭގައި ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލުން
މީޑިއާ ކޮމިޝަނުގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި
މީޑިއާ ރެގިއުލޭޓް ކުރުމަށް މިދިޔަ ހުކުރު ދުވަހު ސަރުކާރުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލައިފި އެވެ.
Advertisement

މި ކޮމިޓީއަށް ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ކަންކަމަކީ ކޮމިޝަނުގެ އިދާރީ މަސައްކަތްތައް ހިންގުމާއި މީޑިއާ ރަޖިސްޓްރީކުރުމަށް އަންނަ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމެވެ.

މީޑިއާތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ގުޅޭ އެއްވެސް ކަމެއް އިންތިގާލީ ކޮމިޓީއަކަށް ނުކުރެވޭނެ އެވެ.

ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެމްބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ. އިންތިގާލީ ކޮމިޓީއަށް ސީއެސްސީން ނިންމި މެންބަރުންނަކީ: 

1- އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ

2- އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)

3- އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ

4- އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ

5- އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ

މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަން ކުރަން ގާނޫނުގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލިހުންނެވެ.

މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު އޮވެ އެވެ. އަދި ބޮޑެތި އަދަދުތަކުން ނޫސްތަކާއި ޓީވީ ޗެނަލްތައް ޖޫރިމަނާ ވެސް ކުރެވެ އެވެ. މި ގާނޫނަށް އަމަލު ނުކުރަން ނޫސްވެރިންނާއި ރާއްޖެއާއި ބޭރުގެ ޖަމިއްޔާޖަމާއަތްތަކުން އަންނަނީ ގޮވާލަމުން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް