ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ މި އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ ލޯކަލް ގަވާރްމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
މިއަދު މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމީޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރު އެހެން އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
މި އިމާރާތް އެ ކުންފުޏާއި ހަވާލުކޮށްފައި ވަނީ 11 މަސްތެރޭގައި ނިންމާ ގޮތަކަށް އެ އިދާރާއިން ބުނެ އެވެ.
ރައީސް މިހާރު ފ.އަތޮޅަށް ކުރައްވަމުން ދާ ދަތުރުގައި ނިލަންދޫ އަށް ވަޑައިގެންނެވީ މިއަދު އެވެ.
މި ދަތުރުގެތެރެއިން ރައީސް ވަނީ މިހާރު ބިލެއްދޫ، ފީއަލީ، އަދި ނިލަންދޫ އަށްވެސް ޒިޔާރަތް ކުރައްވާފައި އެވެ.
މި ރަށްތަކުގައި ގިނަ މަސްރޫތަކެއް ރައީސް ވަނީ ފައްޓަވާދެއްވާފައި އެވެ.