އުރީދޫ އިން ބުނީ ހުޅުމާލޭގައި ހުންނަ އޫރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައި ބޭއްވުން މި މުބާރާތުގައި 24 ކުޅުންތެރި ވާދަ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި މުހައްމަދު އައިމަނަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނުކަމަށާއި ދެވަނައަށް ދިޔަ އަބްދުﷲ މާހިލަށް 3،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ މުޙައްމަދު ޒަމީލަށް 2،000 ރުފިޔާގެ އިނާމު ލިބިގެން ދިޔަ ކަމަށް އުރީދޫ ބުނެ އެވެ
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިން އަދި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އުރީދޫ ބުނެ އެވެ.
އިވެންޓް ނިންމާލުމުގެ ގޮތުން، މުބާރާތުން ވަނަތައް ހޯދި ދެ ކުޅުންތެރިން ކަމުގައިވާ ޒަމީލާއި އައިމަން ވަނީ އެފްސީ26 ގައި ޑެމޯ މެޗެއް ކުޅެ، ވާދަވެރި ފުޓްބޯޅަ ގޭމިންގެ ދެން ކުޅޭ ގޭމް، އީއޭއެފްސީ 26ގެ ފުރަތަމަ ތަޖުރިބާ ދައްކާލާފަ އެވެ.
މިއީ ރާއްޖޭގެ އީސްޕޯޓްސް ދާއިރާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި އުރީދޫއިން ވަނީ ފާހަގަ ކޮށްފައި އެވެ