މަގޫދޫގައި މިއަދު ބޭއްވުން މި ރަސްމީޔާތު ޝަރަފުވެރި ކޮށްދެވީ ރައީސް ޑރ. މުއިއްޒު އެވެ.
މި މަސައްކަތް އަމަލީ ގޮތުން ފައްޓާވާދެއްވީ ސްޕޯޓް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި ރަސްމީޔާތުގައި ކެބިނެޓް މެމްބަރުންގެ އިތުރުން މަޖިލީހުގެ މެމްބަރުން، އެމްޓީސީސީގެ އިސްވެރިން، ރަށުކައުންސިލްގެ މެމްބަރުން ގެ އިތުރުން ސަރުކާރުގެ އިސްވެރިން ހިމެނެ އެވެ.
މަގޫދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ފެށުމުގެ ތެރެއިން
އެމްޓީސީސީން ބުނީ 986 މީހުންގެ ދިރިއުޅޭ މި ރަށަށް މި ފިޓްނަސް ސެންޓަރުގެ ސަބަބުން ސިއްހީ އަދި އިޖްތިމާއީ ގޮތުންވެސް އެތަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.
240 ދުވަސް ހޭދަވާ މި މަޝްރޫއުއަށް 5.34 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.