މ. މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގެދޮރަކީ އެންމެ މުހިންމު ކަންތައްތައް ކަމަށާއި ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މުލަކުގައި މިއަހަރުގެ ތެރޭގައި އަމަލީ ގޮތުން 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި އެޅުމަށް މިއަދު ސޮއި ކުރެވިގެން ދިޔަ 30 ޓަނުގެ އައިސްޕްލާންޓަކީ މި ސަރުކާރުން މަސްވެރިކަމަށްދޭ އަހަންމިޔަތުކަން ކަމަށެވެ.
އޭގެ އިތުރުން އެ ރަށުގައި ކޯލްޑް ސްޓޯރޭޖެއް އެޅުމަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވިޔަސް، ބޭރުގެ އެހީގައި ކުރާ މަސައްކަތްތަކީ ވަކި ތަރުތީބަކުން ކުރިއަށްދާ މަސައްކަތްތަކަކަށް ވެފައި އެ ތަރުތީބުން ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން އެއް ރަށުގައި ތެޔޮ ވިއްކަން ފެށުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގައި ވިދާޅުވެފައިވާ ގޮތަށް އެ އަތޮޅުން "ފިޔުލް ސްކިޑް" އެޅުމަށް ނިންމާފައި ވަނީ މުލަކުގައި ކަމަށާއި ޖެނުއަރީ މަހު އެ ތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މުލަކަށް ވެވަޑައިގެންނެވި އިތުރު ވައުދުތައް:
ރައީސް ވަނީ އެ ރަށަށް އެ މަނިކުފާނު ވެ ވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.