ads
އަދީބު
އަދީބު ފޯނުގެ މެސެޖުތައް، ސަރުކާރުގެ އިސްވެރިންނާއި ވަޒީރުން ހޯދި މަންފާތައް
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭނުންކުރެއްވި ފޯނެއްގައި ހުރި ޑޭޓާތައް އެއްކޮށް އެކްސްގައި ލީކުކޮށްލައިފިއެވެ.
Advertisement

މި މައުލޫމާތުތައް ލީކުކޮށްލައިފައިވަނީ ކާކުކަން ނޭގޭގޮތަށް ޖުބްރާން ޝަރީފުގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓަކުންނެވެ. އެ އެކައުންޓުން އާއްމުކޮށްފައިވާ ޑާޓާތަކަކީ އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ، 'ފަރަޑޭ ފޮރެންސިކްސް' އިން އަދީބު ގެންގުޅުނު ފޯނަކުން 2015 ވަނަ އަހަރު ނަގާފައިވާ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ބުނާ ރިޕޯޓެކެވެ. 

އަދީބު ފޯނު މެދެވެރިކޮށް އެކި ފަރާތްތަކާއި އެކު ކޮށްފައިވާ 81،167 ގިނަ މެސެޖު ވަނީ ލީކުކޮށްލާފައެވެ. އެ މެސެޖުތަކަކީ 2014 ވަނަ އަހަރު ފަހުކޮޅު އަދީބުކޮށްފައިވާ މުއާމަލާތުތަކެއްކަމަށް ވެއެވެ.

އެ މެސުޖުތަކުން އަދީބު އަތުން އެކި ފަރާތްތަކުން މާލީ މަންފާތައް ހޯދާފައިވާކަން ސާފުކޮށް އެނގެއެވެ. މިގޮތުން މި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންނާއި މަޖިލިސް މެމްބަރުން ކޮށްފައިވާ އެކިއެކި މުއާމަލާތްތަކާއި ހޯދާފައިވާ މާލީ މަންފާތަކުގެ ވާހަކަތައް ވަނީ އާންމުވެފައެވެ.

މީގެއިތުރުން ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުން އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންވެސް އަދީބާއި ދެއްކި ވާހަކަތަކާއި އޮތް ގުޅުމއި ހިންގި މުއާމަލާތްތަކުގެ ވާހަކަތައްވެސް ވަނީ އާއްމުވެފައެވެ. އަދި މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި އަދީބާ ދެމެދު ރަށްތައް ކުއްޔަށް ނެގުމަށް ދައްކާފައި ހުރި ވާހަކަތައް ވެސް ވަނީ އާއްމުވެފައެވެ. 

އަދީބުގެ ފޯނުގައި ހުރި އެތައް ހާސް މެސެޖެެއް އާއްމުވިއިރު އޭގެއިން ހާމަވެފައިވަނީ ސިޔާސީ އެކި ފަރާތްތަކާއި ވިޔަފާރިވެރިންނާއި އާންމުން އަދީބުގެ އަތުން އެކި ނަންނަމުގައި އެކި އެކި ބޭނުންތަކަށް ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތަކާއި އެހެނިހެން ގޮތްގޮތުން ނުފީޒުތައް ބޭނުންކޮށްގެންވެސް އެހީތެރިކަން ހޯދާފައިވާކަމެވެ.

މީގެއިތުރުން އަދީބުގެ ފޯނުން އާއްމުކޮށްފައިވާ މެސެޖުތަކުން އޭނާ އެކި އެކި އަންހެނުންނާ ދެމެދު ބަދަލުކޮށްފައިވާ ޒާތީ މުއާމަލާތްތައް ވަނީ ތިލަވެފައެވެ. 

90%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް