ads
އެކްސިޑެންޓު
ޕިކަޕެއް ކޮންޓްރޯލް ނުވެ ބްރިޖުގެ ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓްވެއްޖެ
މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ބްރިޖް އެއާޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެގޮސް ބްރިޖް މެދުގައި ޖަހާފައިވާ ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓްވެއްޖެ އެވެ.
Advertisement

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 02:42 އެހާކަން ހާއިރެވެ.

ފުލުހުން މިއަދު ވިދާޅުވީ، މި އެކްސިޑެންޓްގައި ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިވެފައިވާ ކަމަށެވެ.

އަދި ދެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަަމަށްވެސް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓްގައި ޕިކަޕަށާއި ޑިވަރައިޑަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. 

މިމައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕް ވަނީ ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް