ads
އެކްސިޑެންޓު
މިދިޔަ ހަފްތާގައި ބްރިޖް މަތީގައި 44 އެކްސިޑެންޓު، ގިނައީ ސައިކަލް
މިދިޔަ ހަފްތާ ބްރިޖްމަތީގައި 44 އެކްސިޑެންޓު ހިނގާފައިވާ ކަމަށާއި އެންމެ ގިނައީ ސައިކަލުގެ އެކްސިޓެންޑު ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނިގޮތުގައި 15 އެކްސިޑެންޓްއް ސައިކަލާއި ސައިކަލު ޖެހިގެން ހިނގާފައިވާ އިރު 13 އެކްސިޑެންޓެއް ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ ކަމުގަ އެވެ.

މި އެކްސިޑެންޓްތަކުގައި 3 މީހަކަށް އަނިޔާވެ 35 އުޅަނދަކަށް ގެއްލުން ލިބިފައިވާ ކަމަށް ފާހަގަ ކުރަމުން ފުލުހުން ބުނީ އެންމެ ގިނަ އެކްސިޑެންޓްތައް ހިންގާފައިވާ ވަނީ ދުވާލު ކަމަށެވެ. 

އެ ގޮތުން 36 އެކްސިޑެންޓް އެކްސިޑެންޓެއް ދުވާލު ހިނގާފައިވާ ކަމަށާއި ރޭގަނޑު ހިނގާފައިވަނީ އެންމެ އަށް އެކްސިޑެންޓް ކަމަށް އެ ފުލުހުން ބުނެ އެވެ.

މިދިޔަ ހަފްތާގެ ތެރޭ ހިންގި އެކްސިޑެންޓުތަކުގެ ތެރޭގައި އެއް އެކްސިޑެންޓްތަކީ ސިރިއަސް އެކްސިޓެންޓެއްކަމަށާއި ނަމަވެސް އަނެއް 43 އެކްސިޑެންޓަކީ މާ ނުރައްކާތެރި އެކްސިޑެންޓްތަކެއް ނޫން ކަމަށް ފުލުހުން ބުނެ އެވެ

ފުލުހުންގެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓަކުގެ ތެރޭގައި ސިންގަލް ވެހިކަލް ދެ އެކްސިޑެންޓަކާއި އެމްބިއުލެންސަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓަކާއި ސައިކަލާއި ވޭނަކާއި ޖެހި ހިނގި 3 އެކްސިޑެންޓެ އެވެ. 

އެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާ އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުއެވެ. އެ ދުވަހު އެކަނި ވަނީ ނުވަ އެކްސިޑެންޓް ހިނގައިފަ އެވެ. 

އަދި ބުރާސްފަތި ދުވަހު އަށް އެކްސިޑެޓް ހިނގިއިރު ހޯމަ ދުވަހާއި ބުދަ ދުވަހު, ކޮންމެ ދުވަހަކު ވަނީ ހަތް އެކްސިޑެންޓް ހިނގައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް