ads
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު
އަބުރުގެ ދައުވާއިން ހީނާ އަދި ދިޔަރެސް ސަލާމަތްވެއްޖެ
ޕީޕީއެމްގެ ކުރީގެ ތަރުޖަމާނު ހީނާ ވަލީދު އަދި ދިޔަރެސް ނޫހުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ހއ. ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިން، ހީނާ އަދި ދިޔަރެސް ސަލާމަތްވެއްޖެއެވެ.
Advertisement

ހީނާގެ އަތުން މިހާ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ސަލީމް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ސަލީމް އެއްޖިންސުން ގުޅުން ހިންގާފައި ވާކަމަށް ބުނެ، "ދިޔަރެސް" ނޫހުގައި ކޮށްފައިވާ ރިޕޯޓަކާއި ގުޅިގެންނެވެ. އެ ކަމާއި ގުޅިގެން އެނޫހުގެ މަސްއޫލުވެރި ފަރާތުގެ ހައިސިއްޔަތުން ދިޔަރެސް މީޑިޔާގެ މައްޗަށް، އަދި އެ ނޫހުގެ އެޑިޓަރުގެ ހައިސިއްޔަތުން ސ. ހިތަދޫ، ސަންސެޓްވިލާ ހީނާ ވަލީދުގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދުމަށް ސަލީމް ހުށަހެޅި މައްސަލަ ނިމުނީ ހީނާ އަދި ދިޔަރެސްވެސް ސަލާމަތްވެ، ސަލީމް އެ މީހުންނަށް 15،000 ރުފިޔާ ދައްކަން ޖެހިގެންނެވެ.

މި މައްސަލ ސަލީމްގެ ފަރާތުން މީޑިއާ ކައުންސިލަށްވެސް ހުށަހެޅިއެވެ. ޝަރިއަތަށް ހުށަހެޅި މައްސަލައިގައި، ހީނާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ މީޑިއާ ކައުންސިލްގައި އެ ޝަކުވާ އުފުލާފައިވަނީ ޝަރީއަތުން އެ މައްސަލަ ކާމިޔާބު ނުވާނެތީ ކަމަށެވެ. އަދި، މީޑިއާ ކައުންސިލަށް ހުށަހެޅި ޝަކުވާގައި މި ދައުވާ ކުރިއަށް ނުގެންގޮސް ދޫކޮށްލުމަށް އިގުރާރުވެފައިވާ ކަމަށް ދިފާއުން ފާހަގަކުރިކަން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ދިފާއުގައި ހީނާ ވަނީ ސަލީމްގެ ފަރާތުން ޝަރިއަތުގެ ޚަރަދު ނަގައިދިނުމަށް އެދިފައެވެ. މައްސަލަ ނިންމެވިއިރު ކޯޓުންވަނީ އެ ކަމަށް ރިއާޔަތްކޮށް، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ސަލީމްގެ މައްޗަށް ހުކުމްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް