ads
ރައީސް މުހައްމަދު މުއިއްޒު، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އެކު - ފޮޓޯ: ރައީސް އޮފީސް
ތިން ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުން ރާއްޖޭގެ މަރުހަބާ!
ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއިން ނިންމުމުން ރާއްޖޭން އެކަމަށް މަރުހަބާކިޔައިފި އެވެ.
Advertisement

އެ ތިން ގައުމުން އެކަން އިއުލާނުކުރުމުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ސަރަހައްދީ ސުލްހައަ އާއި ހަމަޖެހުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން ކުރާ މަސައްކަތަށް އެހެން ގައުމުތަކުން ވެސް ތާއީދުކުރަން އެ ބަޔާނުގައި ރާއްޖޭން ގޮވައިލި އެވެ.

"އެކަމުން ދޭހަކޮށްދެނީ ފަލަސްތީނު މީހުންނަށް އަމާންކަމާއި އިއްޒަތާއި އިންސާނީ ކަރާމާތް ހޯދައިދިނުމަކީ ވަރަށް އަވަހަށް ކުރަންޖެހޭ ކަމެއްކަން ގައުމުތަކުން އެއްބަސްވާ އެއްބަސްވުން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި އެކަން އިއުލާންކުރަން ޔޫރަޕްގެ އިތުރު ގައުމުތަކުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެތެރޭގައި ފްރާންސް އާއި ބެލްޖިއަމް އަދި ޕޯޗުގަލް ހިމެނެ އެވެ.

އ.ދ ގެ 193 މެމްބަރު ގައުމުތަކުގެ ތެރެއިން 140 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރެ އެވެ. އޭގެތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭއިރު، ސްޕެއިނަކީ އެއް ގައުމެވެ.

އަންނަ ހަފުތާގައި ނިއު ޔޯކްގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އެންމެ ބޮޑަށް ދެކެވޭނެ ކަމަށް ބެލެވިފައިވަނީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް "ދެ ދައުލަތުގެ ހައްލު" ހޯދުމާ ބެހޭ ވާހަކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް