ads
ވަޒީރުންގެ މަޖިލިސް
ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށް ބޭފުޅުން އައްޔަންކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފެއްދެވި "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" އަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ މިނިސްޓަރުންގެ ލަފައާ އެކު، އެ ކައުންސިލް އުފެއްދެވީ "މޯލްޑިވްސް ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ގާއިމުކުރުމާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރަން ފަހިކޮށްދީ، އެ މަސައްކަތްތައް ބެލެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް އޮފީހުން އިތުރަށް ބުނި ގޮތުގައި، އެ ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް މުއިއްޒު އެވެ. އެ ކައުންސިލަށް އައްޔަން ކުރެއްވި 9 ބޭފުޅުންނަކީ:

 1. މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހުސާން
 2. މިނިސްޓަރު އޮފް ފިނޭންސް އެންޑް ޕްލޭނިން، މޫސާ ޒަމީރު
 3. މިނިސްޓަރު އޮފް އެޑިޔުކޭޝަން، ޑރ. އިސްމާއީލް ޝަފީއު
 4. މިނިސްޓަރު އޮފް ހެލްތް، އަބްދުﷲ ނާޒިމް އިބްރާހީމް
 5. މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު އުމަރު
 6. ރައީސްގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަބްދުالله ފަޔާޟް
 7. މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޑރ. މުހައްމަދު ކިނާނަތު
 8. ރައީސްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓީޖިސްޓް، ސިޔާޙް ހަލީލް
 9. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިނ ޑިރެކްޓަރު، ސައީދާ އުމަރު

މޯލްޑިވްސް 2.0 އަކީ ޑިޖިޓަލް ދާއިރާއިން، ރާއްޖެއަށް އިންގިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި ރައީސް މުއިއްޒުގެ އިސްނެންގެވުމަށް ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.

މި ބަދަލުތަކުގެ ތެރެއިން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ދެފުށް ފެންނަ، ހަލުވި އަދި ރައްކާތެރި ހިދުމަތްތަކަކަށް ހަދާ، ދައުލަތުގެ ހިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ކުރިން މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޑިޖިޓަލައިޒް ކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމެވެ. ހިދުމަތް ދެނީ އެންމެ ހަލުވި މިނުގައި ކަން ކަށަވަރުކުރުމާ އެކު އެފިޝަންޓްކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ ބޭނުމެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް