އެމްއެންޑީއެފުން ބުނީ ކަނޑަށް ވެއްޓިގެން ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާގެ ރައްޔިތެއްކަމަށެވެ.
މި މީހާ ކަނޑަށް ވެއްޓުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީމީހާ ހޯދުމުގެ މަސައްކަތް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަކަމަށާއި މި ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 23:35 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.