ads
ހަންގޭރީން އަހަރަކު 25 ސްކޮލަޝިޕް ރާއްޖެއަށް ދޭން އެއްބަސްވުމުގައި ސޮއިކުރަނީ
ހަންގޭރީން އަހަރަކު 25 ސްކޮލަޝިޕް ރާއްޖެއަށް ދެނީ
ހަންގޭރީން އަހަރަކު 25 ސްކޮލަޝިޕް ރާއްޖެއަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އ.ދ. ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ އެންމެ އިސްބޭފުޅުންގެ ބައްދަލުވުންތަކުގެ ހަވާސާ ތެރެއިން، ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާޓޯ އެވެ.

މި އެއްބަސްވުމުގެ ދަށުން ހަންގޭރީގެ ޔުނިވާސިޓީ ތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެންދާނެކަމަށެވެ. އެގޮތުން މި އަހަރުން ފެށިގެން 2027ގެ ނިޔަލަށް ކޮންމެ އަހަރަކުވެސް ދިވެހި ދަރިވަރުންނަށް 25 ސްކޮލާޝިޕް ޖާގަ ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

ގަންހޭރީ ސަރުކާރުން ތައާރަފުކޮށްފައިވާ ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމް އަކީ އެ ގައުމުން ބޭރުގެ ދަރިވަރުންނަށް ހަންގޭރީގައި މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމެއެކެވެ، މީގެއިތުރުން ބޭރުގެ ދަރިވަރުންނަށް އެގައުމާއި ގުޅުންތައް ގާއިމުކޮށްދީ ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓްތައް ހާސިލުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ މަގުސަދަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް