އެ ޗެނަލް ޑައުން ވެފައި މިވަނީ ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ހުރިހާ ހަރަކާތެއްހެން އެ ޗެނަލް މެދުވެރިކޮށް ލައިވް ކުރަމުން ދަނިކޮށެވެ. ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުންނާއި ނައިބު ރައީސުންގެ ގިނަ އަދަދެއްގެ ވީޑިއޯތައް އާކައިވް ކޮށްފައިވާ، ގައުމީ ތާރީހުގެ މުހިންމު މައުލޫމާތު ރައްކާކުރެވިފައިވާ ވަސީލަތެކެވެ.
ދިވެހި ސަރުކާރުގެ ބައެއް ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކުރުމުގެ ހާދިސާތައް ކުރިން ހިނގާފައިވެ އެވެ. ނަމަވެސް، ގިނަ ފަހަރަށް މި އެކައުންޓްތައް އަނބުރާ ހޯދައި، އަލުން ރިކަވާ ކުރުމަށް ވަނީ ކާމިޔާބު ވެފަ އެވެ.