
އަނގަތެރެއިން ޑްރަގްސް ފެނުނު ފުވައްމުލައް، މިސްކިތްމަގު، އަލިވާ، އުމުރުން 35 އަހަރުގެ މުހީން އިބްރާހިމް ދީދީ
ރާއްޖެ އެތެރެވީ އަނގައިގެ ތެރޭގައި ޑްރަގު ފޮރުވައިގެން
މުހައްމަދު އާދަމް އަހްމަދު
23 ސެޕްޓެމްބަރ 2025 - 12:47:18
ރާއްޖެ އެތެރެވީއިރު އަނގައިގެ ތެރޭގައި ޑްރަގު ރައްކާކޮށްގެން އައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، މިސްކިތްމަގު، އަލިވާ، އުމުރުން 35 އަހަރުގެ މުހީން އިބްރާހިމް ދީދީއެވެ.
މީނާ އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހު އޭނާ ރާއްޖެ އައިިއިރު އޭނާގެ ހަށިގަނޑުން ޓްރެފިކިން މިންގަނޑަށް ފެތޭވަރަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިގެންކަމަށް ފުލުހުން ބުނެއެވެ. މީނާގެ ބަންދުގެ އަމުރުގައިވާ ގޮތުން އޭނާ އެތެރެކުރި ޑްރަގު ބޭރުކުރީ އަނގައިންނެވެ.
ކޯޓުން ވަނީ އޭނާގެ ބަންދަށް ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން އަންނަނީ މި މައްސަަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް