ads
އުއްތަމަ ފަނޑިޔާރު
ހުރިހާ ނުރައްކާތެރި ކުށްތަކުގެ "މަންމަ" އަކީ މަސްތުވާތަކެތި: އުއްތަމަ ފަނޑިޔާރު
ހުރިހާ ނުރައްކާތެރި ކުށްތަކުގެ "މަންމަ" އަކީ މަސްތުވާތަކެތި ކަމަށް، އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ހުރިހާ ނުރައްކާތެރި ކުށްތަކުގެ "މަންމަ" އަކީ މަސްތުވާތަކެތި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދާދި ފަހުން އަމަލުކުރަން ފެށި ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ފަނޑިޔާރުން އަހުލުވެރިކުރުވަން އދ. މާމިގިލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ހުރިހާ ނުރައްކާތެރި ކުށްތަކުގެ "މަންމަ" އަކީ މަސްތުވާތަކެތި ކަމަށެވެ. އަދި މަސްތުވާތަކެތި މުޖުތަމައުގެ ތެރޭގައި ފެތުރެން ފެށުމާ އެކު، އެތައް ކުށްތަކެއް މުޖުތަމައުގެ ތެރޭގައި ފެތުރިގެންދިޔަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި މިހާރު އޭގެ އަސަރު ނުކުރާ އެއްވެސް އުމުރެއް އަދި ގިންތިއެއް މުޖުތަމައުގައި މިހާރު ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

އޭގެ ސަބަބުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މުޖުތަމައުގެ އިތުބާރު ކުޑަވެފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކަންކަން ރަނގަޅު ކުރެވޭނީ އެ ހަގީގަތް ގަބޫލު ކޮށްގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އަލަށް އަމަލުކުރަން ފެށި ގޭންގް ކުށުގެ ގާނޫނަކީ މުހިންމު ގާނޫނެއްކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ މިހާރު ހުރި މައްސަލަތަކަށް ހައްލު ގެންނަން މުހިންމު ގާނޫނެއް ކަމަށެވެ. އެ ގާނޫނުގެ ދަށުން، ތަންފީޒީ އިދާރާތަކާއި ކޯޓުތަކަށް ހާއްސަ ބާރުތަކެއް ދީފައިވާއިރު، އެ ހާއްސަ ބާރުތަކުން މުއައްސަސާތަކަށް ދީފައިވަނީ މުހިންމު މެސެޖެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ އާންމު އުސޫލުން އަމަލުކޮށްގެން ހައްލު ނުވާނެ ކަން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް