
އަބްދުލްއަޒީޒުގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު ރިޔާދުގައި ހުންނަ އިމާމް ތުރްކީ ބިން އަބްދުالله މިސްކިތުގައެވެ.
އަބްދުލްއަޒީޒު އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރުއެވެ.
އޭގެއިތުރުން މައްކާގެ ހަރަމްފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް، މަސްޖިދުއް ނަބަވީ އަދި ސައުދީގެ ހުރިހާ މިސްކިތެއްގައި ޝައިހްގެ މައްޗަށް ގައިބަށް ކަށު ނަމާދު ކުރުމަށް އެ ގައުމުގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު ވަނީ އަންގަވައިފައެވެ.
ޝައިހް އަބްދުލްއަޒީޒަކީ ސްކޮލާލީ ރިސާޗް އެންޑް އިފްތާގެ އާންމު ރައީސްގެ މަގާމާއި މުސްލިމް ވޯލްޑް ލީގް (ރާބިތަތުލް އާލަމީލް އިސްލާމީ)ގެ ސުޕްރީމް ކައުންސިލްގެ ޗެއާމަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ސައުދީގެ އެންމެ މަތީ މުފްތީގެ މަގާމަށް ޝައިހް އަބްދުލްއަޒީޒް އައްޔަން ކުރެއްވީ 1999ގައެވެ. އޭރު އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްއަޒީޒް ބިން ބާޒް އަވަހާރަވުމާއި ގުޅިގެންނެވެ.