ads
ފެނަކަ
ފެނަކަ އަށް އައްޔަންކުރި ފަސް ވަނަ ޑީއެމްޑީ އަކަށް އާދަމް ތައުފީގު
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމަށް އާދަމް ތައުފީގު އައްޔަންކޮށްފި އެވެ.
Advertisement

މިއީ މި ސަރުކާރުން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަންކުރި ފަސް ވަނަ ފަހަރެވެ. ފެނަކައިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މި އައްޔަންކުރުން ކަށަވަރުކޮށްދީފަ އެވެ.

މި އައްޔަންކުރުމާއެކު ފެނަކަގައި މިހާރު ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އެބަތިއްބެވި އެވެ. އެއީ އާދަމް ތައުފީގުގެ އިތުރުން އެ މަގާމުގައި ހުންނެވި މުހައްމަދު އާރިފް އެވެ. ފަހަކަށް އައިސް އެ ކުންފުނީގެ އިސް މަގާމުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ޑީއެމްޑީ ކަމުގެ މަގާމުން އެންމެ ފަހުން އިސްތިއުފާ ދެއްވީ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. އޭގެ ކުރިން ވެސް އެ މަގާމަށް އައްޔަންކުރި ބައެއް ބޭފުޅުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އާދަމް ތައުފީގު އަކީ ސަރުކާރުގެ މަގާމުތަކަށް އާ ބޭފުޅެއް ނޫނެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ. މީގެ އިތުރުން އާދަމް ތައުފީގު އަކީ ޕީއެންސީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް