ads
އިސްލާމީ ވަރުގަދަ ދައުލެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓާނަން: ރައީސް
އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާއުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، އުމްރާނީ ތަރައްގީ ގައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުން ކަމަށާއި އެގޮތުން ތައުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމާއެކު އަނެކަކާ ރީތި ބަހުން މުހާތަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ކަމަށެވެ.

މި ވޭތުވި 9 ގަރުނުގެ ތެރޭ، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިހުން އެއްބަސްވާ އެއް ހަގީގަތަކީ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްކަން ކަމަށް ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ ރީތި ސިފަތަކާވެސް އެކު ކަމަށް ވިދާޅުވި އެވެ.

""އިސްލާމްދީން ބިނާކޮށްދެނީ އަހުލާގު ރަނގަޅު ހެޔޮލަފާ އިންސާނެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ނަބަވީ ރިސާލަތު ފެތުރުއްވެވުމުގައި އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ، އިސްލާމީ އަގީދާއާއި، ރިވެތި އުޅުމާއި، މުއާމަލާތު ދަސްކޮށްދެއްވުމުގަ އެވެ. ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، އުމްރާނީ ތަރައްގީ ގައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ. ތައުލީމާއި ތަރުބިއްޔަތު ދަރީންނަށް ދިނުމެވެ. އެކަކު އަނެކަކާ ރީތި ބަހުން މުހާތަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމެވެ." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބު ނިންމަވާލެއްވީ އިސްލާމްދީންމަތީ، ﷲގެ އޯގާވަންތަކަމާއި، ބަރަކާތާއި، މަދަދާއި، ރައްކާތެރިކަންމަތީ ތާއަބަދަށް މިލޮބުވެތި ވަޠަނާއި ދިވެހިރައްޔިތުން ލަހައްޓަވައި، އިސްލާމީ ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ގަދަރާއި އިހުތިރާމް އިތުރުކުރެއްވުމަށް އެދި ދުއާކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް