މި މަޝްރޫއު އަމަލީ ގޮތުން ފައްޓަވާ ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އެމްޓިސީސީގެ އެމްޑީ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީ އެވެ.
މި ރަސްމީޔާތުގެ ތެރެއިން
މި މަޝްރޫއުގެ ދަށުން 7147 އަކަފޫޓުގެ އެކޮމޮޑޭޝަން ބޮލްކަކާއި 2563 އަކަފޫޓުގެ ސާވިސް ސެންޓަރެއް ގެ އިތުރުން 76175 އަކަފޫޓުގެ ހެލްތް ސެންޓާ ބްލޮކެއްގެ އިތުރުން 37 އެނދުގެ އިމާރާތެއް ބިނާކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.
މި ރަސްމީޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާުގެ އިސްވެރިން އަދި މިނިސްޓަރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި ކައުންސިލްގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.
540 ދުވަސް ތެރޭގައި ނިންމަން ޖެހޭ މި މަސައްކަތަށް ޖުމްލަ 105.13 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.