ads
މިކެމްޕޭން ގެ ފޮޓޯ
ފަން ރަންގެ އާޓްވޯކެއް ހެދުމަށް ކުޑަ ކުދިންނަށް ފުރުސަތު ހުޅުވާލައިފި
އުރީދޫއިން ކުރިޔަށް ގެންދާ ފަން ރަންގެ ޑިޒައިން ހެދުމަށް ކުޑަ ކުދިންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އުރީދޫ މޯލްޑިވްސްގެ ޑިޒައިން ޓީމް ކުޑަ ބްރޭކެއްގައި ތިބޭއިރު، އެންމެ ތުއްތު އާޓިސްޓުންނަށް ކްރިއޭޓިވް ސްޓޫޑިއޯ ހަވާލުކުރުމަށް މިވަނީ ހުޅުވާލާފަކަމަށާއި އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ފަން ރަން އާޓް ކޮންޓެސްޓެއް  ވަނީ އިއުލާނުކޮށްފާ ކަމަށް އުރީދޫއިން ބުނެ އެވެ. 

މި ކޮންޓެސްޓުގައި ބައިވެރިވާން ބޭނުންވާ ކުދިން ފަން ރަންއާ ގުޅޭ އާޓްވޯކެއް ހެދުމަށް އެ އާޓް ވޯކްގެ ސާފު ފޮޓޯއެއް އުރީދޫގެ މެއިލް އަށް ފޮނުވުމަށް އެ ކުންފުނި ބުނެ އެވެ. 

އެ ކުންފުނިން އިތުރަށް ބުނާ ގޮތުގައި 27 ސެޕްޓެމްބަރ 2025, 23:59ގެ ކުރިން އެ އާޓް ވޯކް ހުށަހަޅަން ޖެހޭނެ ކަމާށާއި ހުށަހަޅާއިރު ކުއްޖާގެ ފުރިހަމަ ނަމުގެ އިތުުރުން ކުއްޖާގެ އުމުރާއި ބެލެނިވެރިންގެ ނަން އަދި ގުޅޭނެ ނަމްބަރެއްވެސް ހިމެނުމަށް އެ ކުންފުނިން އެދެ އެވެ. 

"މިކުންފުނީގެ ކްރިއޭޓިވް ޓީމް ޗުއްޓީގައި ތިބޭއިރު، މި ކޮންޓެސްޓްގެ ސަބަބުން ތުއްތު ކުދިންގެ ހިތްގައިމު ކުރެހުންތަކުން ފަން ރަން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާނަން. ފަން ރަން އަކީ ކޮމިއުނިޓީ ސްޕިރިޓާއި އުފާވެރިކަން ދައްކުވައިދޭ ރަންއެއް، އަދި މިކަން ދައްކުވައިދިނުމަށް އަޅުގަނޑުމެންގެ ކުޑަކުޑަ އާޓިސްޓުންނަށް ވުރެ ރަނގަޅަށް އެހެން މީހަކު ނުފެންނާނެ،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫއިން ބުނީ އެ ކުންފުންޏައް ލިބޭ ހުރިހާ ކުރެހުންތަކެއް ވެސްއު ރީދޫން ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ކުރެހުންތައް ހިއްސާ ކުރެވޭނެކަމަށާއި ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް (5) ފަން ކިޓް ލިބޭނެ ކަމުގަ އެވެ. 

އުރީދޫއިން ބުނީ މިކޮންޓެސްޓުގައި ބައިވެރި ކުރާ ހުރިހާ ކުރެހުންތަކެއް ހުންނަޖެހޭނީ ކޮމިއުނިޓީ ސްޓޭންޑާޓް އާއި އެއްގޮތް ވާ ގޮތަށް ކަމަށާއި ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ އެންޓްރީ ކަމަށެވެ. 

މި މުބާރާތުގެ މުއްދަތުގައި ލައިކް ގުނާނީ އުރީދޫގެ ރަސްމީ ޕޯސްޓްތަކަށް އެކަނި ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް